Logo

© 2024 މަރޮށި ކައުންސިލް

ށ. މަރޮށި

ދިވެހިރާއްޖޭގެ އުތުރުގައިވާ އެންމެ ހިތްގައިމު އެއް މަންޒިލް

1040
އާބާދީ
ދިވެހިން
ފިރިހެން: 496
އަންހެން: 500
ބިދޭސީން
ފިރިހެން: 32
އަންހެން: 12
35
ހެކްޓަރު
233 km
މާލެއާ ދެމެދު

ތައާރަފް

އްޖޭގެ އުތުރުން 3ވަނަ އަތޮޅުކަމުގައިވާ ) މަތިއުތުރު ސަރަހައްދު( މިލަދުންމަޑުލު އުތުބުރި ނުވަތަ ށ.އަތޮޅަށް ނިސްބަތްވާ

މަރޮއްޓަކީ އަތޮޅުގެ މެދު ތެރޭގައި އޮތް 35 ހެކްޓަރުގެ ރަށެކެވެ. ށ. އަތޮޅުގެ 10ވަނަ ރަށުގެ ގޮތުގައި އޮތް ށ.މަރޮށި އޮންނަނީ ގާތްގަޑަކަށް

އުތުރުން " 30 ' 12 06 ދަރަޖަ އަދި ދެކުނުން "40 '03 73 ދަރަޖައިގައެވެ. ރަށަށް ދެވިފައިވާ ކޯޑަކީ -10C ކެވެ. ގާތްގަޑަކަށް 700

މީޓަރު ދިގު، 650 މީޓަރ ފުޅާ މިނުގައި ހުންނަ މަރޮއްޓާއި މާލެއާއި ދެމެދުގެ ދުރުމިނަކީ ގާތްގަޑަކަށް 230 ކިލޯމީޓަރ) 124 ނޯޓިކަލް

މޭލް( އެވ.ެ އަތޮޅުގެ ވެރިކަން ކުރާ ށ.ފުނަދުއާއި މަރޮއްޓާއި ދެމެދު ހުންނަނީ 14.10 ނޯޓިކަލްމޭލެވ.ެ މަރޮއްޓާއި އެންމެ ކައިރިގައި އޮތް )

9.14 ނޯޓިކަލްމޭލު ދުރުގައި އޮތް ( މީހުން ދިރިއުޅޭ ރަށަކީ ށ. ފޯކައިދޫ އެވ.ެ ނަމަވެސް ޒަމާނުންސުރެން އެންމެ ގާތް ގުޅުމެއް މަރޮށި

މީހުން ބާއްވަނީ 9.34 ނޯޓިކަލްމޭލް ދުރުގައި އޮތް ށ.ކޮމަންޑު އާއި އެވ.ެ 1.90 ނޯޓިކަލްމެލް ދުރުގައި އޮތް މެދުކުބުރުދުއަކީ މަރޮއްޓާއި

އެންމެކައިރީގައި އޮތް )ދަނޑުވެރިކަންކުރާ ފަޅުރަށެއް( ރަށެވ.ެ 288000 އަކަފޫޓްގެ ބަ ނދަރު އޮންނަނީ ރަށުގެ ދެކުނު ފަރާތުގައެވ.ެ މިބަދަރަކީ

ދެ މޫސުމަށްވެސް ފަސޭހަ، އަމާން ބަނދަރެކެވެ. މަރޮށީ ގެ ގިނަބަޔަކު ރަށުންބޭރުގައި ޢާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ރަށުގައި

ތިބެގެން ފަރުމަސްވެރިކަމާއި ވަދުމަސްވެރިކަމުގެ އިތުރުން ބޯވަލުގެ މަސްވެރިކަން ވެސް ކޮންމެވެސް ވަރަކަށް ކޮށް އުޅެއެވެ. ރަށުގެ

އަންހެންވެރިން މައިގަނޑު ގޮތެއްގައި ފަންގެވިނުމުގެ މަސައްކަތް ކުރެއެވ.ެ އަދި ރަށުގައި ހުރި ދަޢުލަތުގެ އިދާރާތަކުގެ ވަޒީފާތައްވެސް އަދާކުރަމުން

ދަނީ މައިގަނޑުގޮތެއްގައި ރަށުގެ ދަރިންނެވެ.

ތާރީޚް

އާދަޔާޚިލާފު ސިފަތަކެއް ލިބިފައިވާ "މަރޮށި ކަރުހަކުރާއި ، ބޮޑު ކާނިގަހުގެ" ސަބަބުން މަރޮށި ވަނީ ރާއްޖޭގެ ތާރީޚުން ޖާގަ

ހޯދާފައެވ.ެ ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތް ކުރުމަށް ގައުމީ ބަތަލް ކުރެއްވި އަގުހުރި ޖިހާދުގައި މަރޮށި ރައިވެރިބޭ ކުރެއްވި

ބުރަމަސައްކަތްތަކުގެ ހަދާންތައް އާވާ މަރޮށި ކާނިގަހަކީ ) ކަޅުއޮށްފުއްމީގެ ރިޔާ ބޭއްވުމަށް ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިން ކަޑައެއް(

ގާތްގަޑަކަށް 465 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ތާރީޚީ ގަހެކެވެ. ދީނާއި ގައުމަށްޓަކައި ކުރެއްވި ޖިހާދުގައި މަރޮށި ރައްޔިތުން

އަދާކޮށްފައިވާ ދައުރު ރަމުޒުކޮށްދޭ އަގުހުރި ދިރުމެކެވ.ެ މިގަހަކީ ސަރުކާރުން ހިމާޔަތް ކުރައްވާފައިވާ ތާރީޚީ ތަރިކައެކެވެ. އަދި ކަޅުއޮށްފުންމި

ދުސްމަނުންގެ ކިބައިން ފިލުމަށް މަރޮށީގެ އިރުމަތީ ފަރާތުގައި އޮންނަ ކުޅިއަށް ވަދެ ނުކުތުމަށް ހަދަފައި އޮތް ކަމަށް ބުނާ ނެރަކީ )"ކަޅުއޮށްފުންމި

ވަތްތަން"( ވެސް ތާރީޚީ ތަނެއްގެ ގޮތުގައި ރައްޔިތުން ބަލަމުން އަންނަ ތަނެކެވެ.

ޗާޓު

6.209132966609735, 73.06071952848855
ށ. މަރޮށި